ހިލޭ ޑިގްރީ ސްކީމް ދިރާސާކުރަނީ
ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމާ ގުޅޭ ދިރާސާއެއް ހެދުމަށް ނިންމާ އެ މަސައްކަތް ކޮންސަލްޓެންޓަކާ ހަވާލުކޮށްފިއެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ދިރާސާ ހަދަނީ ދެ މަޤްސަދެއްގެ ބޭނުމުގައެވެ. މި ދިރާސާ މައިގަނޑު މަޤްސަދަކީ ފަސްޓް ޑިގްރީ ގްރާންޓް ސްކީމް ތަޢާރަފް ކުރުމުން ކޯސްތަކުގައި ބައިވެރިވާ، ކޯސް ނިންމާ އަދި ކޯސް ފުރިހަމަނުކޮށް ކޯހުންވަކިވާ ދަރިވަރުންގެ އުމުރު އަދި ޖިންސު އެނގޭނެހެން ތަފާސް ހިސާބު މުރާޖައާ ކުރުމެވެ. މީގެއިތުރުން ފަސްޓް ޑިގްރީ…