ވައުދުވީ ގޮތަށް ސްޓެލްކޯގެ އަންހެން މުވައްޒަފުންނަށް ނަމާދު ކުރާ ތަނެއް ހަދަނީ
ސްޓެލްކޯގެ އަންހެން މުވައްޒަފުން ނަމާދުކުރަން ހާއްސަ ތަނެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ. ސްޓެލްކޯއިން މިއަދު ބުނީ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން ފުރަތަމަ ފަހަރަށް މުވައްޒަފުންނާ ބައްދަލުކުރައްވައި އަހުމަދު ޝަރީފު ވަނީ ހުރިހާ މުވައްޒަފުންވެސް ދީނީ ކަންކަމަށް ފަރުވާތެރިކަން ބެހެއްޓުމަށް ނަސޭހަތްތެރިވެފައި ކަމަށެވެ. ފިރިހެން މުވައްޒަފުންނަށް ކުންފުނީގައި ނަމާދު ކުރާނެ އިންތިޒާމު ހަމަޖެހިފައިވީ ނަމަވެސް އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން އެ އިންތިޒާމުތައް ހަމަޖެހިފައި ނެތްކަން ފާހަގަކުރައްވައި އެކަމަށް ހައްލު ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވެފައިވާ ކަމަށްވެސް…