ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ތަރައްގީކުރަން ބީއެމްއެލްގެ ބޮޑު އެހީއެއް
ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އިތުރަށް ތަރައްގީކޮށް އެ މަރުކަޒަށް ބޭނުންވާ މުހިންމު ބަދަލުތަކެއް ގެނައުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޮޑު އެހީއެއް ދޭން ނިންމައިފިއެވެ. މި އެހީގެ ދަށުން އެ މަރުކަޒުގައި އަލަށް ކުޑަކުދިންގެ ވޯޑެއް ގާއިމުކުރުމާއި މަރުކަޒުގެ ބަދިގެ ތަރައްގީކޮށް ޒަމާނީ ކުރުމާއި އެތަނުގައި ގާއިމުކޮށްފައިވާ ލައިބްރަރީ އިތުރަށް ފުރިހަމަކުރުމުގެ އިތުރުން މުވައްޒަފުން ބޭނުންކުރާނެ ހާއްސަ އޭރިއާއެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި…