ހެލްމެޓް އެޅުން މަޖުބޫރު ނޫން ސަރަހައްދުތަކުގައި ހެލްމެޓް އަޅާ މީހުން ބަލައިފާސްކުރަނީ
ހެލްމެޓް އެޅުން ލާޒިމް ނޫން ސަރަހައްދުތަކުގައި ހެލްމެޓް އަޅާނަމަ ފާރަވެރިވާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހެލްމެޓް އެޅުން ޤާނޫނުތަކުން ލާޒިމުކޮށްފައި ނުވާ ސަރަހައްދުތަކުގައި، ކާކުކަން ވަންހަނާކޮށް ކުށްތަކަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެޓް އަޅައިގެން ބައެއް މީހުން އުޅޭކަމާއި، ޚިދުމަތް ދޭ ތަންތަނަށާއި ވިޔަފާރި ކުރާ ތަންތަނަށް ވަދެ ހަދާކަން އަނެއްކާވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން ފުލުހުން ބުނީ އޭ1 އަދި އޭ0 ގިންތީގެ އުޅަނދު ދުއްވާއިރު، އުޅަނދު…