ސްޓޫޑެންޓް ލޯނަށް އަންނަ ހޯމަ ދުވަހު ހުޅުވާލަނީ
ސްޓޫޑެންޓް ލޯނަށް އަންނަ ހޯމަ ދުވަހު ހުޅުވާލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ. ރައީސް މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ މިދިޔަ އަހަރު 1،500 ވުރެ ގިނަ ދަރިވަރުންނަށް ސްޓޫޑެންޓް ލޯނު ދޫކޮށްފައިވާ ކަމަށެވެ. އަދި މި އަހަރުވެސް ލޯނަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. އަންނަ ހޯމަ ދުވަހު ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށްވެސް ވިދާޅުވިއެވެ. މަތީ ތައުލީމުގެ އުސް ހަރުފަތަކީ ހުސްވާ އެއްޗެއް ނޫން. ރާއްޖޭން ބޭރުން މަތީ…