ބަހްރައިން ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ބަހްރައިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ޚަލީފާގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު މާލެ ވަޑައިގެންފި އެވެ. ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ ވަފުދެއްވެސް ރައީސް ސޯލިހާ އެކު ބަހްރައިން އަށް ވަޑައިގެންނެވި އެވެ. ރައީސްގެ ދެކަނބަލުންގެ މިދަތުރުފުޅުގައި މިދިޔަ ބުރާސްފަތި ދުވަހު ބަހްރައިންގެ ޝާހީ ގަނޑުވަރު -ގުޟައިބިއްޔާއިން މަރުޙަބާ ވިދާޅުވީ ބަހްރައިންގެ ރަސްގެފާނު ހަމަދު ބިން އީސާ…