ހުޅުމާލޭގެ މެންޓަލް ހެލްތު ސެންޓަރު އަންނަ ހަފުތާގައި ހުޅުވަނީ
ހުޅުމާލޭ ހޮސްޕިޓަލްގައި ގާއިމުކުރާ މެންޓަލް ހެލްތު ސެންޓަރު އަންނަ ހަފުތާގައި ހުޅުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ނަފުސާނީ ބަލިތަކަކީ މީގެ ކުރިން އަޅާނުލެވި އޮތް ކަމެއް ކަމަށާއި ނަމަވެސް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ. އެގޮތުން މާލެ އާއި ރަށްރަށުގައިވެސް ސިއްހީ ފަރުވާގެ ތެރޭގައި މުހިންމު އިސްކަމެއް ދީގެން، މެންޓަލް ހެލްތު ދާއިރާ ތަރައްގީ…