ގައުމީ ކުތުބުހާނާ ތަރައްގީ ކުރުމަށް ބޮޑު މަޝްރޫއެއް ބީއެމްއެލްއިން ފަށަނީ
ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުތަކެއް ގެނައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ނިންމައިފިއެވެ. މިއީ 2022 ވަނަ އަހަރު ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެވެ. މިއަދު ގައުމީ ކުތުބުހާނާގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައި ކުތުބުހާނާ ތަރައްގީކުރުމަށް ބޭންކުންވަނީ ގައުމީ ކުތުބާހާނާއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައެެވެ. މި އެމްއޯޔޫގައި…