މެލޭޝިޔާގައި ފެންބޮޑުވެފައިވާތީ، އެގައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވެތިބުމަށް އިލްތިމާސްކޮށްފި
މެލޭޝިޔާއަށް ކުރަމުންދާ ވިއްސާރައިގައި ބައެއް ހިސާބުތަކުގައި ފެންބޮޑުވެފައިވާތީ، އެގައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވެތިބުމަށް ހައިކޮމިޝަނުން އިލްތިމާސްކޮށްފިއެވެ. އެގައުމަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާތީ ގިނަ ބައެއްގެ ގެދޮރު ގެއްލިފައިވާ ކަމަށް މީޑިއާތަކުން ދަނީ ރިޕޯޓްކުރަމުންނެވެ. މެލޭޝިއާއަކީ ކިޔެވުމުގައާއި ވަޒީފާއަށް ދާ ދިވެހިން ގިނަ އަދަދަކަށް ދިރިއުޅެމުންދާ ގައުމެކެވެ. ހައިކޮމިޝަނުން ނެރެފައިވާ މެސެޖެއްގައި ބުނެފައިވަނީ، މެލޭޝިޔާގެ އެކި ސަރަހައްދުތަކަށް ހުއްޓުމެއްނެތި ބޯކޮށް ވިއްސާރަ ވެހެމުންދިއުމުގެ ސަބަބުން ބައެއް ހިސާބުތަކުގައި ފެންބޮޑުވެ މަގުތައް ބަންދުވެ ގިނަ ގުނަ ދަތިތަކާއި ކުރިމަތިލާންޖެހިފައިވާކަން ހުރިހާ…