ރޯޯދަމަހަށް ތައްޔާރުވުމުގެ ގޮތުން އެޗްޑީސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިސްކިތެއް ހުޅުވައިފި
ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން އެޗްޑީސީން ހުޅުމާލޭގެ ފޭސް 2 ގައި މިއަދު ވަނީ ވަގުތީ މިސްކިތެއް ހުޅުވައިފައެވެ. މި މިސްކިތަކީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ އިސްރަށްވެހިންނާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް މިސްކިތަށް ދިއުމަށް ދުރު ސަރަހައްދަކަށް ދާންޖެހުމުން ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމުގެ ބޭނުމުގައި ހުޅުވިފައިވާ މިސްކިތެކެވެ. މުޅި ޖުމަލަކޮށް އެއްފަހަރާ 100 މީހުންނަށް ނަމާދުކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ މި މިސްކިތުގައި އަންހެން ބޭފުޅުންނަށް ވެސް ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން…