އީސީގައި 21 އަހަރު ހިދުމަތް ކުރެއްވުމަށްފަހު ހަބީބް ވަކިވެވަޑައިގެންފި
އިލެކްޝަންސް ކޮމިޝަން (އީސީ)ގައި 21 އަހަރު މަސައްކަތް ކުރެއްވުމަށްފަހު ކޮމިޝަންގެ ނައިބް ރައީސްގެ ގޮތުގައި ހުންނެވި އިސްމާއީލް ހަބީބް އީސީ އިން ވަކިވެވަޑައިގެންފި އެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ވަޑައިގަތުމުގެ ކުރިންވެސް ހަބީބް ހުންނެވީ ކޮމިޝަންގެ މުވައްޒަފެއްގެ ގޮތުގައެވެ. އީސީގެ މެންބަރު ކަމުން ހަބީބް އިއްޔެ ވަކިވެވަޑައިގަތީ އެ ކޮމިޝަންގެ މެންބަރުކަން ފަސް އަހަރުގެ ދެ ދައުރު ކުރެއްވުމަށްފަހު އެވެ. އީސީގެ ގާނޫނު ބުނާ ގޮތުން ކޮމިޝަންގެ މެންބަރުކަން ކުރެވޭނީ ދެ ދައުރު އެވެ. ހަބީބް…