ޕެޓް ކެއަރ ފެސިލިޓީ ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި
މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅާތައް ގެންގުޅޭނެ 'ޕެޓް ކެއަރ ފެސިލިޓީ’އެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި ފެސިލީޓީ ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން މިއަދު ހުޅުމާލޭގައި މި ފެސިލިޓީ ގާއިމްކުރާ ސަރަަހައްދުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ ބައިވެރިވަޑައިގެންފައެވެ. މި ރަސްމިއްޔާތަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އާދަމް އާޒިމް ވިދާޅުވީ މިހާރު ކުރިޔަށް ދަނީ މި ބިމުގެ ވަށައިގެން ފެންސް ޖެހުމުގެ މަސައްކަތް…