މާލޭ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ހުޅުމާލެއާއި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ. އެކުންފުނިން ބުނީ، މިއަދު ހުޅުމާލެއިން ކަރަންޓް ކެނޑިދާނެ ކަމަށް ބެލެވެނީ ޗަނބޭލީ މަގު ގޯޅި 6 އަދި 7 ހިމެނޭ ސަރަހައްދުން މެންދުރު 14:00 އިން 15:00 އަށް ކަމަށެވެ. އަދި މާލޭގެ ގަލޮޅުގެ މަޖީދީމަގާއި، ދަނބުރުމަގު، ރަށްދެބައިމަގު، ރަތްވިލާގޯޅި އަދި އަލިކިލެގެފާނު މަގު ހިމެނޭ ސަރަހައްދުން މެންދުރު 14:00 އިން ހަވީރު 17:00 އަށް ކަރަންޓު ކެނޑިދާނެ…