ބްރިޖްގެ މެއިންޓަނަންސް ބެލެހެއްޓުމާއި، ދިވެހިން ޓްރެއިންކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި
ސިނަމާލެ ބްރިޖްގެ މެއިންޓެނަންސް މަސައްްކަތް އިތުރު ތިން އަހަރަށް ޗައިނާގެ ސީސީސީސީ ކުންފުންޏާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ޗައިނާގެ ހިލޭ އެހީގެ ދަށުންނެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ބްރިޖް ބެލެހެއްޓުމާއި، ކެޕޭސިޓީ އިތުރު ކުރުމަށް ޗައިނާގެ އެހީ ލިބިގެން ދާނެ ކަމަށެވެ. މި އެއްބަސްވުމަކީ ބްރިޖުގެ މެއިންޓަނެންސް ކުރުމަށް ބޭނުންވާ ވަސީލަތްތައް ތަރައްގީ ކުރުމަށާއި، ފަންނީ…