އީރާނުން އިޒްރޭލަށް ހަމަލާތަކުގެ އާ ރާޅެއް ފަށައިފި: ދައުލަތުގެ މީޑިއާ
އީރާނުން އިޒްރޭލަށް ހަމަލާތަކުގެ އާ ރާޅެއް ފަށައިފި ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނެފި އެވެ. އެގައުމުގެ ދައުލަތުގެ މީޑިއާއިން ބުނީ އީރާނުން އިޒްރޭލަށް ފޮނުވި ހަމަލާތަކުގެ ތެރޭގައި ޑްރޯންތަކާއި މިސައިލްތައް ހިމެނޭއިރު، އެ ހަމަލާތައް އިޒްރޭލުގެ ހައިފާ އާއި ތެލް އަވީވް އާއި ދިމާލަށް ދަތުރުކުރަމުންދާ ކަމަށެވެ. އީރާނުން ދާދި ދެންމެ ވަނީ އިޒްރޭލާއު ދެކޮޅަށް ހަމަލާތައް ފަށާފައިވާކަން އިއުލާނުކޮށްފައެވެ. އަދި މިރޭ އިޒްރޭލާއި ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.…