ބީއެމްއެލްގެ އެހީގައި ގެމަނަފުށީގައި ބީޓެކް ކްލާސްރޫމެއް ގާއިމުކޮށްފި
ބީއެމްއެލް ގެ ކޮމިއުނިޓީ ފަންޑުގެ އެހީތެރިކަމާއެކު ގެމަނަފުށީ ސްކޫލުގައި ބީޓެކް ކްލާސްރޫމެއް ގާއިމްކޮށްފިއެވެ. ބެންކް އޮފް މޯލްޑިވްސްއިން ބުނީ މި ކްލާސްރޫމު ފަރުމާ ކޮށްފައިވަނީ ދަރިވަރުންނަށް ހޮސްޕިޓަރލިޓީ ސިނާޔަތުގެ މަސައްކަތްތައް ދަސްކުރުމުގައި އަމަލީ ތަޖުރިބާ ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ. ބީއެމްއެލްގެ ކޮމިއުނިޓީގެ ފަންޑުގެ އެހީ އާއެކު މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތްކޮށްފައިވަނީ ދިވެހި މަސްވެރިންގެ ޖަމިއްޔާއިންނެވެ. މި ޕްރޮޖެކްޓްގެ ދަށުން ބީޓެކް ކިޔަވާ ދަރިވަރުންނަށް ހިދުމަތް ދިނުމުގެ ދާއިރާގެ މަސައްކަތްތައް އަމަލީ ގޮތުން ތަޖުރިބާ…