ފޭސް 2 ގައި މޮބައިލް ކަވަރޭޖް ރަނގަޅު ކުރަން ދިރާގާ ހަވާލުކޮށްފި
ހުޅުމާލެ ފޭސް 2 ގައި މޮބައިލް ކަވަރޭޖް ރަނގަޅު ކުރަން ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން ދިރާގާ ހަވާލުކޮށްފިއެވެ. އެޗްޑީސީން ބުނީ ފޭސް 2 ގެ ޕްލޭން އާއި އެއްގޮތަށް އިތުރު ޓަވަރުތައް ހަރުކުރެވިގެން ދާއިރު މި ޓަވަރުތައް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދިނުމަށް ދާއިރާގައި ހިދުމަތް ފޯރުކޮށްދެމުންދާ އެހެން ކުންފުނިތަކާއި އެކުގައިވެސް މުސްތަގުބަލުގައި އެއްބަސްވުންތައް އެކުލެވިގެން ދާނެ ކަމަށެވެ. އަދި މި ޓަވަރުތަކުގެ އެންމެ ބޮޑު އެއް މަގުސަދަކީ ވަކި ވަކިން ގިނަ ޓަވަރުތަކެއް ކުންފުނިތަކުން ހަރުކުރުމުގެ ބަދަލުގައި…