އިދިކޮޅުގެ ބޮޑު ޖަލްސާއެއް މާދަމާރޭ ކާނިވާ ސަރަހައްދުގައި
އިދިކޮޅު ކޯލިޝަނުން "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ގެ ނަމުގައި ބޮޑު ޖަލްސާއެއް ބާއްވަން މާދަމާއަށް ތާވަލުކޮށްފި އެވެ.
އިދިކޮޅު ކޯލިޝަނުން "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ގެ ނަމުގައި ބޮޑު ޖަލްސާއެއް ބާއްވަން މާދަމާއަށް ތާވަލުކޮށްފި އެވެ.
އދ ގެ ސުލްހައާއި ތަރައްގީ އާއި ބެހޭ އެޑްވައިޒަރު ފާޑިނާންސް ވޮން ހަސްބާގް ތޮލުރިންގެންއާ އިދިކޮޅު ޕީޕީއެމްއިން މިއަދު ބައްދަލުކޮށްފި އެވެ.
އިދިކޮޅުގެ "އިންސާފު ހޯދުމަށް" މުޒާހަރާ ފަށައިފިއެވެ. މާލޭގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ވަނީ އެއް ވަގުތެއްގައި މުޒާހަރާ ފަށާފައެވެ. މިއަދުގެ މުޒާހަރާގައި ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ އިސްވެރިން ދަނީ ބައިވެރިވަމުންނެވެ. މި މުޒާހަރާ ފަށާފައިވަނީ ޕީޕީއެމް އޮފީސް ކުރިމަތިންނެވެ. މި މުޒާހަރާ ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބުދުއްރަހީމް (އަދުރޭ) ވިދާޅުވީ، މި ސަރުކާރުން ފަނޑިޔާރުންނާއި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދުރޭ ވިދާޅުވީ، ރައީސް…
މާލޭގައި މިވަގުތު ތިއްބެވި ޕީޕީއެމްއަށް ނިސްބަތްވާ ރައީސުންނާއި މިއަދު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕުން ބައްދަލު ކުރައްވައިފިއެވެ. މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި މިބައްދަލުވުމުގައި ކައުންސިލްތަކުގެ ރައީސުންވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ނުޙައްގުން މިސަރުކާރުން ދެމުންގެންދާ އަނިޔާ ކުށްވެރި ކުރައްވާފައެވެ. އަދި ރައީސް ޔާމީނަށްކޮށްފައިވާ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށާއި މިހާރު ލީކުވެފައިވާ ފަނޑިޔާރުންގެ އޯޑިއޯތަކުންވެސް އެހުކުމަށް ސަރުކާރުގެ ތެރެއިން ނުފޫޒު ފޯރުވާފައިވާ މިންވަރު ހާމަވާކަން ފާހަގަކޮށްފައެވެ. އަދި މިހާރުން މިހާރަށް ރައީސް ޔާމީން ދޫކޮށްލަން…
އެކި ގްރޭޑްތަކުގެ ސުކޫލް ފޮތްތަކުން ފެންނަ ގޯސްތައް، ސަރުކާރުން ގަސްތުގައި ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅުން ސިފަކޮށްފިއެވެ. ދަރިވަރުންނަށް އުނގަންނައިދޭން ބޭނުންކުރާ ބައެއް ގުރުއާން ފޮތް ޕްރިންޓު ކުރިއިރު ދެ އާޔަތެއް އެކުވެފައި އޮތްކަން ފާހަގަކުރެވި އެ ސޮފްހާ ބަދަލުކުރަން މަސައްކަތް ކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން މިއަދު އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޑުއްވަރީ ދާއިރާގެ މެމްބަރު ވިދާޅުވީ އެއް ފޮތަށްވުރެ ގިނަ ފޮތުން ކުށް ފެނިގެން ދިއުމަކީ ތައުލީމީ…
ރޭ ބޭއްވި އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ "އައްޑަނަ" ޖަލްސާގައި ވާހަކަދެއްކެވި ބައެއް ބޭފުޅުން އިންޑިއާއަށް ފާޑު ވިދާޅުވެ ވާހަކަ ދެއްކެވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ "އައްޑަނަ" ޖަލްސާ ފަށައިފިއެވެ. އަލިމަސް ކާނިވަލުގައި މި ޖަލްސާ މިރޭ 9 ޖެހިއިރު ފަށާފައިވަނީ ޕީޕީއެމް ޕީއެންސީގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު އެވެ. އިދިކޮޅު ފަރާތްތަކުން މިފަދަ ޖަލްސާއެއް ބާއްވަމުން މިދަނީ ގިނަ ބަޔަކު އެއްވެގެން މިފަދަ ޖަލްސާއެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. މިޖަލްސާގައި ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ ކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ގިނަ ފަރާތްތަކެއް ދަނީ ބައިވެރިވަމުންނެވެ. ކޮވިޑް19ގެ ބަލިމަޑު ކަމާ ގުޅިގެން ގިނަ ބަޔަކު އެއްވެ އުޅޭ…
ފަނޑިޔާރުންގެ ލީކުވެފައިވާ އޯޑިއޯ ތަކުގެ މައްސަލައިގެ ހަގީގަތް އޮޅުވާލުމަށްޓަކައި ފަނޑިޔާރުނންނަށް ބިރުދައްކާ ނުފޫޒު ފޯރުވުމުގެ ގޮތުން ޖޭ. އެސް. ސީ އިން މަސައްކަތް ކުރަމުންދާ ކަމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ތުހުމަތުކޮށްފިއެވެ. އެ ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމަކީ ސަރުކާރުގެ ފަރާތުން ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ފޯރުވާ ބިރު ދައްކާ ރަހީނުކޮށްގެން ކޮށްފައިވާ ޙުކުމެއް ކަމަށް ފަނޑިޔާރުން އެއްބަސްވާ އޯޑިއޯ އާއި ގުޅިގެން…