ހިނގަމުންދާ މައްސަލައަކާއި ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ނުގުޅަން: އަލީ ޒާހިރު
ހިނގަމުންދާ މައްސަލައަކާއި ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅާ އެއްވެސް ވާހަކައެއް މިއަދާ ހަމައަށް ދައްކާފައި ނުވާނެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ. އަލީ ޒާހިރު ވިދާޅުވީ، އޭނާގެ މައްޗަށް ތުހުމަތުކޮށް މިފަދަ ވާހަކަތައް ދައްކަމުންދަނީ ނުވަތަ ކޯޓުތަކަށް ނުފޫޒު ފޯރުވަނީ އޭނާ ކަމަށް ތުހުމަތު ކުރަނީ ސީދާ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަށް އަމާޒުކޮށް އެކަހަލަ ވާހަކަތައް ދައްކަން ނުކެރޭތީ ކަމަށެވެ. ރައީސް އޮފީހުގައި ތަމްސީލް ކުރަނީ އެއްވެސް ޕާޓީއެއް…