އަލަށް ފަށާ ވިޔަފާރިތަކަށް ބީއެމްއެލްއިން އެހީވަނީ
އަލަށް ފަށާ ވިޔަފާރިތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް, ބީއެމްއެލް ސްޓާޓަޕް ގްރާންޓް އިފްތިހާހުކޮށްފިއެެވެ. މިއީ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމައަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެވެ. ބީއެމްއެލް ސްޓާޓަޕް ގްރާންޓަކީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށް ރާއްޖޭގައި އަލަށް ވިޔަފާރި އެއް ފެށުމަށް ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް ކުރިއެރުވުމަށް އަމާޒުކޮށް ދެވޭ ހިލޭ އެހީ އެކެވެ.…