މަޒްލޫމް ބައިސްކޯފަށް، ޓީޒާ ދައްކާލައިފި
ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު އިލިޔާސް ވަހީދުގެ ކުރު ފިލްމު ސީރީޒް "މަޒްލޫމް" ގެ ޓީޒާ ދައްކާލައިފި އެވެ.
ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު އިލިޔާސް ވަހީދުގެ ކުރު ފިލްމު ސީރީޒް "މަޒްލޫމް" ގެ ޓީޒާ ދައްކާލައިފި އެވެ.
ބޮލީވުޑް ބަތަލާ ޝިލްޕާ ޝެއްޓީ ޖަޖުކަން ކުރަމުން ގެންދިޔަ ޑާންސް ރިއަލިޓީ ޝޯޥ "ސުޕަ ޑާންސް 4" އިން އޭނާ ގެއްލިއްޖެ އެވެ.
މުޅި ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 169 މީހުން ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދު މާލެ ސަރަަހައްދުން ޕޮޒިޓިވްވީ 24 މީހުންނެވެ. އަތޮޅު ތެރެއިން ޕޮޒިޓިވްވީ 127 މީހުންނެވެ. އަދި ރިސޯޓްތަކުން ޕޮޒިޓިވްވީ 15 މީހުންނެވެ. މިވަގުތު ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 8 މީހުންނަށެވެ. ވޭތުވެދިޔަ ސައުވީސް ގަޑި އިރުގެ ތެރޭގައި ވަނީ 4932 ސާމްޕަލް ޓެސްޓްކޮށްފައެވެ. ރާއްޖެއިން މިހާތަނަށް 76.188 މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.…
ވަރުގަދަ ސިޔާސީ ފަރާތްތަކުން ޕީޕީއެމް އާއި ގުޅެނީ ޕީޕީއެމް ޕީއެންސީއަކީ އުއްމީދީ ފިކުރަކަށްވުމުން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. ލޯޔަރު ވައްޑެ، މަލީޙު އަދި ރުކުމާ ޕީޕީއެމްއާއި ގުޅިވަޑައިގަތުމުން މަރުހަބާ ވިދާޅުވެ އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އައު ސިޔާސީ ޕާޓީތައް އުފެދެމުންދާއިރު ވަރުގަދަ ސިޔާސީ ބޭފުޅުން ޕީޕީއެމް ޕީއެންސީ އާ ގުޅުމުން ދޭހަވަނީ ރާއްޖޭގައި މިހާރުވެސް އޮތް އެންމެ އުއްމީދީ ސިޔާސީ ފިކުރަކީ ޕީޕީއެމް ޕީއެންސީ ކަމަށެވެ. ކުރީގެ…
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު، ނުރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް މިއަދު ފުރާވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅު ނިންމަވާލައްވައި އެނބުރި ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ 23 ޖުލައި 2021 ވާ ހުކުރު ދުވަހުގައެވެ. ރައީސްގެ މިދަތުރުފުޅުގެ އިތުރު ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ. ހދ އަތޮޅުގެ ތިން ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެއްޓިގެ ފިރިމީހާ ރާޖް ކުންދުރަ އިއްޔެ ހައްޔަރުކޮށްފި އެވެ.
އޮގަސްޓްމަހުގެ 2 އަކުން 4 އަށް ޓެމްޕަރަރީ ޔޫކޭ ވިސާ އެޕްލިކޭޝަން ސެންޓަރެއް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ބުނީ އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބަސީގެ ފަރާތުން ހިންގާ ޓެމްޕަރަރީ ޔޫކޭ ވިސާ އެޕްލިކޭޝަން ސެންޓަރެއް އަންނަ އޮގަސްޓްމަހުގެ 2 އިން 4 އަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ކުރިއަށްދާނެ ކަމަށެވެ. ޔޫކޭ ވިސާއަށް އެދި ހުށަހެޅުން ކުރިއަށްދާނީ ފޮރިން މިނިސްޓްރީގައެވެ. ވިސާ އަށް އެދި ހުށަހެޅުމަށް…
މިއަދު ހަވީރު 4އިން މިރޭގެ 8އަށް މާލޭގެ މަގުތަކުގައި ދުއްވުން މަނާކޮށް ފައިމަގުގައި އުޅޭގޮތަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. މީގެ ކުރިންވެސް އެކި މުނާސަބަތުތަކާއި ގުޅިގެން މާލޭގެ މަގުތަކުގައި ވަކި ވަގުތެއް ފައިމަގުގައި އުޅޭގޮތަށް ހަމަޖައްސާ އެކަން އެގޮތަށް ކުރަމުން އާދެއެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަން ފެތުރެން ފެށިފަހުން ފައިމަގުގައި އުޅޭވަގުތެއް ކަނޑައެޅި މީ ފުރަތަމަ ފަހަރެވެ. މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ މިގޮތަށް ދުއްވާ އެއްޗެހި ދުއްވުން މަނާކޮށް ފައިމަގުގައި އުޅޭ ވަގުތު ހަމަޖެއްސީ…