އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 17 ވަނަ ފަހަރަށް ދަމަހައްޓައިފި
ކޮވިޑް19 އާއި ގުޅިގެން އިއުލާންކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 17ވަނަ ފަހަރަށް ދަމަހައްޓައިފިއެވެ. އެގޮތުން އޮގޮސްޓްމަހުގެ 2 ވަނަ ދުވަހާ ހަމައަށް ރާއްޖެ އޮންނާނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައިކަމަށްވަނީ ކަނޑައަޅާފައެވެ. މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ސޮއިކުރައްވާ ނެރުއްވާފައިވާ ގަރާރުގައި ވަނީ އަދިވެސް ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ފެނިވަޑައިގަންނަވާތީ ގައުމުތަކުގެ ހާލަތު އަދިވެސް ނުރައްކާ ފައްތަރެއްގައި އޮތްއިރު މިޙާލަތުގައި ރާއްޖޭގެ ރައްކާތެރިކަމަށްޓަކާ މިހާރު ގާއިމުކޮށްފައިވާ އާއްމު ސިއްޙަތުގެ ކުއްލި…