ރައީސް ޔާމީން ވެރިކަމަށް ވަޑައިގަންނަވާނީ މައުސޫމުކަން ސާބިތުވެގެން: ޣައްސާން
2023ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަންނަވާނީ މައުސޫމުކަން ސާބިތުވެގެން ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނު ވިދާޅުވެއްޖެއެވެ. ކުރީގެ ރައީސް މައުމޫނުގެ ދަރިކަލުން ޣައްސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕީޕީއެމްގެ ގަދަ މަސައްކަތުން ރައްޔިތުންގެ ލޯތްބާއެކު ކީރިތި ﷲގެ އިރާދަފުޅުން 2023ގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގަންނަވާނީ އިންސާފުވެރި އިސްތިއުނާފަކުން މައުސޫމުކަން ސާބިތުވެގެން ކަމަށެވެ. ޣައްސާން މައުމޫނު މިގޮތަށް ޓުވީޓު ކުރައްވާފައި މިވަނީ ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް…