ސާފުތާހިރުކަމަކީ އިސްލާމް ދީނާއި ދިވެހި ވަންތަކަމުގެ ވަރަށް ޚާއްސަ ސިފައެއް: ނަޒީރު
ސާފުތާހިރުކަމަކީ އިސްލާމް ދީނާއި ދިވެހި ވަންތަކަމުގެ ވަރަށް ޚާއްޞަ ސިފައެއް ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް ޢަލީ ނަޒީރު ވިދާޅުވެއްޖެއެވެ. ނަޒީރު މިހެން ވިދާޅުވެފައިވަނީ މިއަހަރުގެ ޝަހީދުންގެ ދުވަސް ފާހަގަ ކުރުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒްއާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ސާފުފުވައްމުލައް ޝިއާރުގެ ދަށުން ފުވައްމުލަކު އެކި ސަރަހައްދުތަކުގައި ބޯޑު ޖެހުން އިފްތިތާހްކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ. ނަޒީރު ވިދާޅުވީ މިގައުމުގެ ދިފާއުގައި ޖާނާމާލުން ޤުރުބާންވެ ޝަހީދުވެ ދިޔަ އަބްޠާލުން…