ބިންވެރިޔާ ސްކީމުގެ ގޯތި ރެޖިސްޓަރީ ދޫކުރަން ބުދަ ދުވަހު އަލުން ފަށަނީ
މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންގެ ތެރެއިން ގޯއްޗާ ހަވާލު ނުވާ މީހުންނަށް އަންނަ ބުދަ ދުވަހުން ފެށިގެން ގޯތީގެ ރަޖިސްޓަރީ އާއި ގޯތި ލިބުނު ކަމުގެ ލިޔުން ދޫކުރަން ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ. އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސޮއި ކުރުމަށް ދާންޖެހޭ ފަރާތްތަކަށް ހާޒިރުވާންޖެހޭ ގަޑިއާއި ތާރީހު ހައުސިން މިނިސްޓަރީން ތަރުތީބު ކުރާ ތާވަލަކާ އެއްގޮތަށް އަންގަމުން ގެންދާނެ ކަމަށް އެ ބަޔާނުގައި…