މި އަހަރު މޯލްޑިވިއަނަށް ބޮޑެތި ފްލައިޓްތައް ގެންނަނީ
މި އަހަރުގެ ތެރޭގައި މޯލްޑިވިއަނަށް ބޮޑެތި ފްލައިޓްތައް ގެންނަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރައީސް މުއިއްޒު އިއްވެވި ފުރަތަމަ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ހިދުމަތް ފުޅާކޮށް، ދުނިޔޭގެ ގިނަ މަންޒިލްތަކަށް އުދުހުމަށްޓަކައި އެކަމަށް އެކަށޭނަ ބިޔަ މަތިންދާބޯޓު ފަހަރު މިއަހަރު ގެންނާނެ ކަމަށްވެ. ރައީސް އެގޮތަށް ވިދާޅުވި އިރު، މި އަހަރުގެ ތެރޭގައި މޯލްޑިވިއަނަށް ވައިޑް ބޮޑީ ކްރާފްޓް…