އީސީގެ ރައީސަކަށް ޒާހިދު އަދި ނައިބަކަށް ސަލާހް ޢައްޔަންކުރަން ރުހުންދީފި
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސާއި ނައިބު ރައީސްގެ މަޤާމަށް ޢައްޔަންކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ހުށަހެޅުއްވި ދެ ބޭފުޅުންނަށް މަޖިލީހުން މިއަދު ރުހުން ދީފިއެވެ. އީސީގެ ރައީސްކަމަށް ޢައްޔަންކުރެއްވުމަށް ރައީސް ހުށަހަޅުއްވާފައިވަނީ އެ ކޮމިޝަންގެ މެންބަރު މުޙައްމަދު ޒާހިދު ދަފްތަރު ނަންބަރު ރސ 1548 ގެ ނަންފުޅެވެ. އަދި ނައިބު ރައީސްކަމަށް ޢައްޔަންކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު ރޯޒް/ކ.ހުރާ އެވެ. އީސީގެ ރައީސް ކަމަށް ޒާހިދު ޢައްޔަންކުރަން ފާސްވީ 68 މެންބަރުންގެ…