ތުރުކީވިލާތާއެކު ގުޅުން ބަދަހި ކުރުމަަށް މަޝްވަރާ ކޮށްފި
ތުރުކީވިލާތުގައި މިހާރު ކުރިއަށްދާ އަންތާލިޔާ ޑިޕްލޮމެސީ ފޯރަމްގެ ތެރެއިން ތުރުކީވިލާތާއި ރާއްޖެއާ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމަށް އަމާޒުކޮށް، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލް އެކި ބޭފުޅުންނާއެކު މަޝްވަރާތައް ކުރިއަށްގެންދަވައިފިއެވެ. މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރ ފުރަތަމަ ބައްދަލުކުރެއްވީ ތުރުކީވިލާތުގެ މިނިސްޓަރ އޮފް ޓްރޭޑް، ޕްރޮފެސަރ ޑރ. އޮމާރް ބޮލާޓްއާއެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ވިޔަފާރިއާއި އިގުތިޞާދީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާތައް ކުރިއަށްގެންދެވުނެވެ. އަދި ހަމައެހެންމެ، މިނިސްޓަރ ޑރ. ހަލީލް…