ކޮމަންޑޫގައި އައިސްޕްލާންޓެއް އެޅުމަށް ހަވާލުކޮށްފި
މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ އައިސް ޕްލާންޓެއް ޤާއިމްކުރުމަށް އެތިއޮން ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ކޮމަންޑޫ ގައި ޤާއިމްކުރާ އައިސް ޕްލާންޓުގެ މަސައްކަތް އެތިއޮން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ކޮމަންޑޫއަށް ވަޑައިގެެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މަސްވެރިކަމާއި ކަންޑުގެ ވަސީލަތްތަކާބެހޭ ވަޒީރު، އަހުމަދު ޝިޔާމްއެވެ. އަދި އެތިއޮން ޕްރައިވެޓް…









