ޓީޗަރުންނަކީ ޤައުމު ބިނާކުރުމުގެ މޭސްތިރިން: މިނިސްޓަރ
މުދައްރިސުންނަކީ ޤައުމު ބިނާކުރުމުގެ މޭސްތިރިންކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ އިސްމާއީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހާ ގުޅިގެން މުދައްރިސުންނަށް ތަހުނިޔާ ފޮނުއްވަމުންނެވެ. ވަޒީރު ވަނީ ދުވަހުގެ ތަޙްނިޔާ ހުރިހާ މުދައްރިސުންނަށް ފޮނުއްވާފައެވެ. ގުޅިގެން މަސައްކަތްކޮށް މުދައްރިސްކަމުގެ ފަންނު އިތުރަށް ކުރިއަރުވައި އުނގަންނައިދިނުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭކަމަށް ވެސް މިނިސްޓަރ ޝަފީޢު ފޮނުއްވެވި ވީޑިއޯ މެސެޖްގައި ވިދާޅުވިއެވެ. މިނިސްޓަރ ވަނީ ދުވަހުގެ ތަޙުނިޔާ ހުރިހާ މުދައްރިސުންނަށް ފޮނުއްވާފައެވެ.…