ހަރާމް ގޮތުގައި މުދާ ހޯދުމަކީ ބަރަކާތްކެނޑޭނެ ކަމެއް: ޚުތުބާ
ޙަރާމް ގޮތުގައި މުދާ ހޯދުމަކީ މުދަލުގެ ބަރަކާތްކެނޑޭނެ ކަމެއް ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ. މިއަދު ޚުތުބާ ކިޔާފައިވަނީ މުދަލުގެ ހުރުމަތުގެ މައްޗަށެވެ. ޚުތުބާގައި ބުނީ، އެއްވެސް އިންސާނަކު، އެ އިންސާނަކަށް މާތްﷲ ކަނޑައަޅުއްވާފައިވާ ރިޒުޤު ފުރިހަމަވުމުގެ ކުރިން އޭނާގެ އަޖަލާ ބައްދަލުނުކުރާނެ ކަމަށެވެ. އަދި، އިންސާނާއަށް މާތްﷲ ދެއްވި މުދަލަކީ ހުރުމަތްތެރިވެގެންވާ އެއްޗެއްކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ. "މާތް ނަބިއްޔާ ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި ވިދާޅުވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން، ތިޔަބައިމީހުންގެ ލެޔާއި މުދަލާއި…