ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ ފުރަތަމަ މަރުހަލާ ފާސްކުރުމުން ރާއްޖެއިން މަރުހަބާ ކިޔައިފި
ޣައްޒާގައި ބަންދުކޮށްފައި ތިބި ހުރިހާ އަސީރުން ދޫކޮށްލުމަށް އެކުލަވާލާފައިވާ ހަނގުރާމަ ހުއްޓާލުމުގެ ޕްލޭންގެ ފުރަތަމަ މަރުހަލާ އިސްރާއީލު ސަރުކާރުން ފާސްކުރުމުން ސަރުކާރުން އެކަމަށް މަރުހަބާ ކިޔައިފިއެވެ. ފޮރިން މިނިސްޓަރީން ބުނީ މިއީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބުނު އުއްމީދެއް ކަމަށެވެ. މިއަދު ހެނދުނުގެ ވަގުތެއްގައި އިސްރާއީލުން ފުރަތަމަ މަރުހަލާ ފާސްކުރުމުން، ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް އެއްކޮށް ހުއްޓާލަން ޖެހޭނެއެވެ. އިސްރާއީލުގެ އަސީރުން މިނިވަން ކުރުމަށް ހަމާސްއަށް ވަނީ 72 ގަޑިއިރުގެ…









