ދަނގެތީ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅައިފި
އދ. ދަނގެތީގައި އަލަށް އިމާރާތްކުރާ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ފަށައިފި އެވެ. އެ މަޝްރޫއުގެ ބިންގާ މިއަދު އެޅީ ރައީސް މުހައްމަދު މުއިއްޒު މިއަދު އދ. އަތޮޅަށް ފެއްޓެވި ދަތުރުގެ ތެރެއިން އެންމެ ފުރަތަމަ ރަށަކަށް ދަނގެއްޗަށް ވަޑައިގެން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ޕޮލިސް ބިންގާ އަޅުއްވައި ދެއްވީ، ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާން އާއި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އާރްޑީސީ) މެނޭޖިން…









