ރައީސް ސީޝެލްސްގެ އިންތިޚާބީ ރައީސަށް ތަހުނިޔާ ފޮނުއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރިޕަބްލިކް އޮފް ސީޝެލްސްގެ އިންތިޚާބީ ރައީސް، ހިޒް އެކްސަލަންސީ ޑޮކްޓަރ ޕެޓްރިކް ހަރމިނީއަށް ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ފޮނުއްވި މެސެޖުގައި، އިންތިޚާބީ ރައީސް ޑޮކްޓަރ ހަރމިނީއަށް ކާމިޔާބު އެދިވަޑައިގެން، އެމަނިކުފާނުގެ ޒަޢާމަތުގައި ސީޝެލްސްއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ޔަޤީން ކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ. ހަމަމިއާއެކު، ދިވެހިރާއްޖެއާއި ސީޝެލްސްއާ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ވަކީން ޚާއްޞަކޮށް، ދޭދޭ މަސްލަޙަތު އެކުލެވޭ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް،…









