މުއްސަނދި ގައުމުތަކުންއެކަނި ކޮވިޑް ވެކްސިން ޖަހައިގެން ބަލިމަޑުކަމުން އަރައިނުގަނެވޭނެ: ޑަބްލިއުއެޗްއޯ
ގައުމުތަކުގައި ތިބި ފަގީރުންނަށް ކޮވިޑް ވެކްސިން ޖެހޭނެ ގޮތެއް ނެތިފައި ތިއްބާ މުއްސަނދި ގައުމުތަކުން ވެކްސިންގެ ކިތަންމެ ޑޯޒެއް ޖެހިކަމުގައިވިޔަސް ކޮވިޑްގެ ބަލި މަޑުކަމުން އަރައިނުގަނެވޭނެ ކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފިއެވެ. މިކަމުގެ ސަބަބެއް ކަަމށް ޑަބްލިއުއެޗްއޯއިން ބުނީ މިހާރުވެސް ވެކްސިން ނުދޭ މީހުންގެ ތެރޭގައި ކޮވިޑްގެ އައު ވައްތަރުތައް އުފެދެމުންދާ ކަމަށާއި އަދި ވެކްސިނެއް ނުގުޑާ ފަދަ ވައްތަރުތައްވެސް އުފެދުން ގާތް ކަމަށެވެ. މިއަދު އެ ޖަމިއްޔާއިން ވަނީ ކޮވިޑް ވެކްސިންގެ…