މާލެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 28 މީހުން
މާލެއިން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވީ 28 މީހުން ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދު މުޅި ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ 155 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވްވި 28 މީހުންނާއި، އަތޮޅު ތެރެއިން ޕޮޒިޓިވްވި 70 މީހުންނާއި ހިނގަމުންދާ ރިސޯޓްތަކުން ޕޮޒިޓިވްވި 31 މީހުންގެ އިތުރުން ސިނާއީ މަސައްކަތް ކުރާ ރަށްތަކުން ޕޮޒިޓިވްވި 26 މީހުންނެވެ. ރާއްޖެއިން މިހާތަަނަށް މިބަލީގައި 209 މީހަކު ވަނީ މަރުވެފައެވެ. މިވަގުތު 27 މީހަކަށް ހޮސްޕިޓަލްތަކުގައި…