ހެދިގޮނޑުދޮށާއި، ރަސްފަންނާއި އުސްފަސްގަނޑަށް ވެލި އަޅަން ފަށައިފި
މާލޭގެ ހެދިގޮނޑުދޮށާއި، ރަސްފަންނާއި އުސްފަސްގަނޑަށް ވެލި އެޅުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ. މާލެ ސިޓީ ކައުންސިލުން ބުނީ ހެދިގޮނޑުދޮށާއި، ރަސްފަންނަށް ވެލި އެޅުމުގެ މަސައްކަތް ފަށާފައިވަނީ މި ދުވަސްވަރު މޫސުމަށް އައިސްފައިވާ ބަދަލުގެ ސަބަބުން އެ ދެތަން ވަރަށް ބޮޑަށް ގިރާފައިވާތީ ކަމަށެވެ. މާލޭގައި އޮންނަ އުސްފަސްގަނޑަކީ ގިނަ ރައްޔިތުންތަކެއް ކަސްރަތު ކުރުމަށާއި އެކި ކުޅިވަރުތައް ކުޅުމަށް ބޭނުން ކުރަމުން އަންނަ ސަރަހައްދެއް ކަމަށް ވާއިރު އެ ސަރަހައްދު މިހާރު އޮތީ ވަރަށް ބޮޑަށް…