މާލޭގެ ބްލޮކްތަކަށް ހަމަޖައްސާ ވެރިންނަކީ މުސާރަ ލިބޭ މީހުންނެއް ނޫން: މޭޔަރު
މާލޭ ސިޓީގެ ކޮންމެ ބްލޮކަކަށް ވެރިޔަކު އިންތިހާބު ކޮށްގެން ތަރައްގީގެ ކަންކަން ކުރިއަށް ގެންދިޔުމަށް މާލެ ސިޓީ ކައުންސިލުން ނިންމި ނަމަވެސް، އެ މަގާމުތަކަށް ދައުލަތުން މުސާރަ ނުދޭނެ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.