ދައުލަތުގެ މުޑުދާރުކަމުގެ ޒިންމާ ފަނޑިޔާރުން ނަގާކަށް ނުޖެހޭ: އަލީ ވަހީދު
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އާއި ދައުލަތުން ހަދާފައި ހުރި ޑީލްތަކާއި ސިލެކްޓިވް ޖަސްޓިސްގެ މުޑުދާރުކަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނަގަން ނުޖެހޭނެކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.