މަހުލޫފުގެ މައްސަލައަކަށްވެގެން ތަފާތެއް ނުކުރަން: ޕީޖީ
ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފުގެ މައްޗަށް ކޮށްފައިވާ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ތަފާތު ގޮތަކަށް އަމަލު ކުރަމުން ނުދާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފިއެވެ. ޕީޖީ އޮފީހުން ބުނީ މައްސަލަތަކުގައި ދައުވާ ކުރުމާމެދު އެ އޮފީހުން ނިންމާ ނިންމުންތަކަކީ ހެއްކާ ގަރީނާގެ މައްޗަށް ބިނާވާ ނިންމުންތަކެއް ކަމަށެވެ. އަދި މައްސަލަތަކުގައި ތަހުގީގީ އިދާރާތަކުން ހޯދާ ހެކި ގަރީނާއަކީ ގާނޫނާ އެއްގޮަތަށް ހޯދާފައިވާ ހެކި ގަރީނާކަން ޕީޖީން އަބަދުވެސް ކަށަވަރު ކުރާ ކަމަށާއި މިމައްސަލައިގައިވެސް އެކަން ކަށަވަރު…