އެނގިގެން ދިޔައީ ސަރުކާރުން ހަރުކަށި ފިކުރު ލުއިކޮށް ނުނަގާނެކަން: ރޮޒައިނާ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވައިލަން ދިން ޓެރަރިސްޓު ހަމަލާގެ ތަހުގީގާއި ގުޅޭގޮތުން ތަހުގީގީ އިދާރާތަކުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން އެނގިގެން ދިޔައީ މިސަރުކާރުން ހަރުކަށި ފިކުރު ލުއިކޮށް ނުނަގާނެކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.