މިނިވަން މުއައްސަސާތަކަށް މިހާރު ސަރުކާރުން ނުފޫޒުނުފޯރުވާ: އެމްޑީޕީ
މިނިވަން މުއައްސަސާތަކަށް މިހާރު ސަރުކާރުން ނުފޫޒުނުފޯރުވާ ކަމަށާއި، މީޑިއާގެ ފުރިހަމަ މިނިވަންކަން އެބައޮތް ކަމަށް އެމްޑީޕީން ބުނެފިއެވެ. ރައީސުލްޖުމުހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހުގެ ވެރިކަމަށް ތިން އަހަރު ފުރުމާ ގުޅިގެން އެމްޑީޕީން ނެރެނު ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރަށް ތިން އަހަރު މިއަދު ފުރުނުއިރު ސިޔާސީ ހަރަކާތްތަކަށް ފުރިހަމައަށް ޖާގަދެވިފައިވާ ކަމަށާއި، ރައްޔިތުން ބާރުވެރިކުރުވައި ލާމަރުކަޒުކުރުމަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ އުންމީދުތައް އަދިވެސް ގުޅިފައިވަނީ އެމްޑީޕީއާއި އެ ޕާޓީގެ ވެރިކަމާ ކަމަށް މި…