އޮކްޓޯބަރު މަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ އަގު 89 އިންސައްތަ އިތުރުވެއްޖެ
ފާއިތުވި އޮކްޓޯބަރު މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ އަގު 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާ ބަލާއިރު 89 އިންސައްތަ އިތުރުވެފައިވާ ކަމަށް ކަސްޓަމްސް އިން ހާމަކޮށްފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އެކްސްޕޯޓް ކުރި މުދަލުގެ އަގު ވަނީ 18 އިންސައްތަ ދަށްވެފައެވެ. 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއަށް 2.0 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ އޮކްޓޯބަރު މަހު މި އަދަދު ވަނީ 3.8…