ރައީސުލްޖުހޫރިއްޔާގެ ޝަރަފުގައި ސްރީލަންކާގެ ބޮޑުވަޒީރު ރަސްމީ ޖާފަތެއް ދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ ޝަރަފުގައި ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ، މިއަދު ދެއްވި ރަސްމީ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފިއެވެ. މި ޖާފަތުގެ ކުރިން ރައީސުލްޖުމްހޫރިއްޔާއާ ސްރީލަންކާގެ ބޮޑުވަޒީރު ވަނީ ދެގައުމުން އިސްކަންދޭ މުހިންމު މައުޟޫޢުތަކާ ގުޅޭގޮތުން ހިޔާލު ބަދަލުކޮށްލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްރީލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ "ޕްރައިމް މިނިސްޓަރ މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021" ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.