މަތީ ތައުލީމުގެ ފުރުސަތުތައް އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި
މަތީ ތަޢުލީމުގެ ފުރުސަތުތައް އިތުރުކުރުމާއި، ދެ ގައުމުގެ މިހާރުގެ ކޯވިޑް-19 ގެ ޙާލަތާއި، ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމާއި، ސުލްޙައާއި ސަލާމަތާއި ރައްކާތެރިކަމާއި، އަދި ދެ ގައުމުގެ މަތީ ފަންތީގެ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން ނިއުޒިލޭންޑްގެ ސަފީރާއެކު މަޝްވަރާ ކުރައްވައިފިއެވެ. ނިއުޒިލޭންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާ އާ ސަފީރު، ހިޒް އެކްސަލަންސީ މައިކަލް އެޑްވަރޑް އެޕަލްޓަން، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް އެރުވުމަށްފަހު ދެބޭފުޅުން ވަނީ ގިނަ ކަންތައްތަކަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.…