ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައު އޯޕީޑީ އިމާރާތް ހެދުމަށް ބަޔާކައި ހަވާލުކޮށްފި
ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައު އޯޕީޑީ އިމާރާތް ހެދުމަށް ބަޔާކައި ހަވާލުކޮށްފިއެވެ. މިއަދު ހެލްތް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ހެލްތްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލްއެވެ. މި ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރަކަށް ހަމަޖައްސާފައިވަނީ މޯލްޑިވްސް ކޮންޓްރެކްޓިން ކޮމްޕެނީ ޕަބްލިކް ލިމިޓެޑާއެވެ. މި ޕްރޮޖެކްޓްގެ ޖުމުލަ އަގަކީ ވިހި މިލިއަން ދެ ލައްކަ ބާވީސްހާސް ނުވަދިޔަ ހަތްރުފިޔާ އަށްރަ ލާރި ކަމަށް ހެލްތް މިނިސްޓްރީން ހާމަކުރެއެވެ. 180 ދުވަހުގެ ތެރޭގައި މި…