"ރޯދަ ސާފު" ޕްރޮގުރާމަކީ ނެތެމުންދާ ސަގާފީ އާދައެއް އާލާކުރުމަށްޓަކައި މުހިންމު ޕްރޮގުރާމެއް: ޝަރީފު
ޒަމާނުއްސުރެ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ގެދޮރާއި ދިރިއުޅޭ މާހައުލު ސާފުކުރުމަކީ ދިވެހިންގެ އާދަކާދައިގެ ތެރެއިން ހިމެނޭ ވަރަށް މުހިންމު ރީތި އާދައެއް ކަމަށާއި އެފަދަ ރިވެތި އާދަތައް އާލާކުރުމަށާއި މުޖުތަމައުގައި އެ ސަގާފަތް ދެމެހެއްޓުމަށްޓަކައި "ރޯދަ ސާފު" ހަރަކާތަކީ މުހިންމު ހަރަކާތެއް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ. ޝަރީފު އެގޮތަށް ވިދާޅުވީ، އެޗްޑީސީން އިންތިޒާމުކޮށްގެން ހުޅުމާލެ ސާފުކުރުމަށްޓަކައި މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރުއްގަނޑު ސަރަހައްދުގައި ބޭއްވި "ރޯދަ ސާފު" ޕްރޮގުރާމް…