އަޑުބަރޭ މިނިވަންވެއްޖެ
ޖިންސީ ކުށުގެ ދައުވާތަކެއް ލިބޭ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފޮނުވާލުމުގައި ޖާމިނުވި ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަސްހަދު ޢަލީގެ މައްޗަށް އިއްވާފައިވާ ޖަލުހުކުމް ތަންފީޒުކޮށް ނިމި ޖަލުން މިނިވަން ވެއްޖެއެވެ. ކަރެކްޝަނަލް ސަރވިސް އިން ބުނީ 15 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރުމާއި އެކު އަޑުބަރޭ ޖަލުން މިނިވަންވެފައިވާ ކަމަށެވެ. އަޑުބަރޭ 15 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަމަހުގެ 2 ވަނަ ދުވަހުއެވެ.…