ރައްޓެހިންގެ ނަމުގައި ގުޅައިގެން ވެސް މަކަރުން ފައިސާ ހޯދަނީ، ސަމާލުވޭ!
ކިތަންމެ ހެޔޮހިތަކާ އެކު ނަމަވެސް، ނުދަންނަ މީހުންނަށް ފައިސާ ފޮނުވުމުގެ ކުރިން އެކަން ކަށަވަރު ކުރުން ވަރަށް މުހިންމެވެ. ރާއްޖޭގައި އޮޅުވާލައިގެން ފައިސާގެ މުއާމަލާތްތައް ހިންގުން ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު، ރަހުމަތްތެރިންގެ ނަމުގައި ގުޅައިގެން ވެސް ފައިސާ ހޯދުން މިހާރުވަނީ އާންމު ކަމަކަށް ވެފަ އެވެ. މިއީ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެކެވެ. ހެލޯ. މީ އައްމަޑޭ. ވަރަށް ދުވަސްކޮށްފައި މި ގުޅާލީ ވެސް އެހެން ނަންބަރަކުން. މިއުޅެނީ މަންމަ ވަރަށް ބޮޑަށް ބަލިވެގެން…