ރަމަޟާންމަހު މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ މެންދަމު 1:00އާ ހަމައަށް
ރަމަޟާންމަހު މުދާ ވިއްކާ ތަންތަނާއި ކެފޭ ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓޭ ވަގުތު އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފިއެވެ. އިކޮނޮމިކް މިނިސްޓްރީން އާންމުުރި އިއުލާނުގައި ބުނެފައިވަނީ މިމަހުގެ 20ވަނަ ދުވަހުން ފެށިގެން އަދި ރަމަޟާން މަހާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހާ ހަމައަށް، މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30އިން މެންދަމު 1:00އަށްކަމަށެވެ. ރަމަޟާން މަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭ ގަޑިއެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވަނީ ހަވީރު 5:30އިން މެންދަމު…